ads
އާ އަހަރު ފާހަގަ ކުރުމުގެ ތެރެއިން--ފޮޓޯ: ސޯޝަލް މީޑިއާ
އާ އަހަރު ފެށުން ފާހަގަކުރަން ހުޅުމާލޭގައި މިރޭ ޑްރޯން ޝޯއަކާއި ފުޑް ފެސްޓިވަލެއް
އާ އަހަރު ފެށުން ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ފެށޭ ފުޑް ފެސްޓިވަލްގައި ޑްރޯން ޝޯއަކާއި އެކި ބާވަތުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭ ކަމަށް އެމްއެމްޕީއާރުސީން ބުނެފި އެވެ.
Advertisement

މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލްގެ ނަމުގައި ބޭއްވޭ މި ހަރަކާތް ފެށޭނީ މިރޭ އަށެއް ޖަހާއިރު އެވެ. ފެސްޓިވަލްގައި ރާއްޖޭގެ ސަގާފީ ހަރަކާތްތަކުގެ ތެރެއިން ބޮޑުބެރު ޖެހުމާއި ދަފި ނެގުން ފަދަ ކަންކަން ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އާ އަހަރަށް މަރުހަބާ ކިޔުމަށް މެދުރޭ 12 ޖަހާއިރު ހަވާ އެރުވުން އޮންނާނެ އެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވި ގޮތުގައި މި ފެސްޓިވަލްގައި ރާއްޖޭގެ ކާމިޔާބީތަކާއި ސަގާފީ ތަރިކަ ފާހަގަކުރެވޭނެ އެވެ. އަދި މިއީ ދިވެހިންނާއި ޓޫރިސްޓުންނަށް އާ ތަޖުރިބާއެއް ހޯދައިދިނުމަށް ކުރިއަށް ގެންދާ މުހިންމު ހަރަކާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފެސްޓިވަލްގައި ކުޑަކުދިންނަށް ހާއްސަ ކްލައިމްބިން ވޯލް އާއި ބައުންސް ހައުސްގެ އިތުރުން ޓްރާންސްފޯމާސް ޑިސްޕްލޭއެއް ވެސް ހުންނާނެ އެވެ. އަދި ފުލުހުންނާއި ފަޔާ ޓްރަކްގެ ހުށަހެޅުންތަކާއި ރޮބޯމޭން ޝޯކޭސްއެއް ވެސް ދައްކާލާނެ އެވެ.

މުހިންމު ނުކުތާތައް:

  • ފެސްޓިވަލް ފެށެނީ މިރޭ 8:00 ގައި
  • މެދުރޭ 12:00 ގައި ހަވާ އެރުވުން އޮންނާނެ
  • ފެސްޓިވަލްގައި ސަގާފީ ހަރަކާތްތަކާއި ކާބޯތަކެތީގެ ސްޓޯލްތައް ހިމެނޭ
  • ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހުންނާނެ
  • ފެސްޓިވަލް ކުރިއަށްދާނީ މާދަމާ ރޭ 10:00 އާ ހަމައަށް
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް