ads
މަސްވެރިކަން ކުރަނީ -- ފޮޓޯ: ޕީއެސްއެމް ނިއުސް
ޗައިނާގެ އެފްޓީއޭ އިން ދިވެހި މަސްވެރިންގެ ދިރިއުޅުން ރަނގަޅުވާނެ: މިނިސްޓްރީ
ރާއްޖެއާއި ޗައިނާއާ ދެމެދު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) އާއެކު މަސްވެރިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފިއެވެ.
Advertisement

މިރޭއިން ފެށިގެން އަމަލުކުރަން ފަށާ މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ މަހުގެ އުފެއްދުންތައް ޗައިނާއަށް ސުން ޓެކުހުގައި އެކްސްޕޯޓް ކުރެވޭނެއެވެ. މީގެ އިތުރުން މަހުގެ އުފެއްދުންތައް ރީއެކްސްޕޯޓް ކުރުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އިގުތިސާދީ ގުޅުން ރަމްޒުކޮށްދޭ މުހިންމު ކަމެކެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާގެ އިންވެސްޓްމަންޓުތަކަށް އާ ފުރުސަތުތަކެއް ހުޅުވި، ރާއްޖޭގެ މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ކުރިއަރައިގެންދާނެއެވެ.

މިހާރު ޗައިނާއާއެކު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭއިރު، އެފްޓީއޭއާ އެކު އެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ރާއްޖެ އެތެރެކުރާ ގިނަ ބާވަތްތަކުގެ މުދަލުން 90 ޕަސަންޓާ ހަމައަށް ޑިއުޓީ މާފުވާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް