އެމެރިކާ ބައްރުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވަން، އެލް ޕެއިސް އިން ނެގި ޕޯލްގައި ލިއޮނަލް މެސީއަށް ލިބުނީ ފަސްވަނައެވެ. މި ޕޯލުން އެއްވަނަ ހޯދައި އެމެރިކާ ބައްރުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ، ބޮޓާފޯގޯގެ ލުއިސް ހެންރިކޭއެވެ.
ބޮޓާފޯގޯއަކީ ބްރެޒިލްގެ ޓޮޕް ޑިވިޝަނުގައި ކުޅޭ ޓީމެކެވެ. ބޮޓާފޯގޯގެ ލުއިސް ހެންރިކޭއަށް އެމެރިކާ ބައްރުގެ މޮޅު ކުޅުންތެރިޔާގެ މަގާމް މި ޕޯލުން ލިބުމުން، ސަޕޯޓަރުންގެ މެދުގައި ވަނީ ބޮޑު ބަހުސްތަކެއް އުފެދިފައެވެ.
މެސީއަށް ނިމިގެންދިޔަ އަހަރަކީ ކާމިޔާބު އަހަރެއް ކަމަށްވިޔަސް، ޖުލައި މަހު ފައިގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ކުޅުނު މަދު މެޗުތަކުން އޭނާގެ ޖުމްލަ ރޭންކިންއަށް އަސަރު ކުރި ކަމަށް ބެލެވޭ ކަމަށް ޕޯލް އިންތިޒާމް ކުރި ފަރާތުންވަނީ ބުނެފައެވެ.