ads
ރައީސް ޑރ.މުހައްމަދު މުއިއްޒު
ދަތިތަކެއް ކުރިމަތިވި ނަމަވެސް ދިގު މުއްދަތުގައި އެންމެންނަށް ފައިދާ ކުރާނެ: ރައީސް
ކުދިކުދި ދަތިތަކެއް ކުރިމަތިވި ނަމަވެސް ދިގު މުއްދަތުގައި އެންމެންނަށް ފައިދާ ކުރާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ މީލާދީ އާއަހަރުގެ ހެޔޮއެދުމާއި  ތަހުނަިޔާ އަރިކުރައްވަމުން އެމަނިކުފާނު ދެއްވި ހިތާބުގައެވެ.

އެ ހިތާބުގައި އެމަނިކުފާނު ވިދާޅުވީ 2025ވަނަ އަހަރު ހިމެނިގެންދާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ފަށައި، އިގުތިސާދީ ފުދުންތެރިކަން އިއާދަވެ، އާންމު ތިޔާގިކަމެއް މުޅި ގައުމަށް ލިބެންފަށާނެ އަހަރެއްކަމުގައެވެ.

ރައީސް ވިދާޅުވީ ދިވެހި ދައުލަތަކީ މިއަދު ކަނޑައެޅިފައިވާ ވަކި އަމާޒުތަކަކަށް ދަތުރުކުރާ ދައުލަތެއްކަމަށެވެ. އެގޮތުން ރާއްޖޭގެ ތަރައްގީގެ ދަތުރުގެ އަމާޒަކީ ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ހިޖުރަކުރުމަށް ކުރަހާލެވިފައިވާ ސާފު މަގުޗާޓުކަމުގައި އެމަނިކުފާނުގެ ހިތާބުގައި  ފާހަގަކުރެއްވިއެވެ.

އާ އަހަރަކީ އަބަދުވެސް އަޒުމުތައް ކަނޑައެޅުމުގެ ފުރުސަތެއްކަމުގައި ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ގައުމީ ފެންވަރުގައްޔާއި ޖަމާއަތުގެ ފެންވަރުގައްޔާއި ފަރުދީފެންވަރުގައި ވެސް އާ އަހަރުގެ އަޒުމު ކަނޑައެޅިދާނެކަމަށެވެ. މިގޮތުން ސަރުކާރުގެ އަޒުމަކީ ރައްޔިތުންނަށް ހިދުމަތްކުރުމުގައި ރެޔާއި ދުވާލު އިހްލާސްތެރިކަމާއެކު ދެމި އޮތުންކަމަށާއި، ވައުދުތައް ފުއްދުމާއި، އިތުބާރު ދެމެހެއްޓުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ އާ އަހަރުގެ ފަރުދީ އަޒުމެއްގެ ގޮތުގައި ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން ކުރިޔަށް ނެރި، ސުލްހަ މަސްލަހަތު އިސްކުރުމަށް ބާރުއަޅުއްވާފައެވެ. އަދި ތަރައްގީއާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަމާއި، އިހްތިރާމާއި، ކުލުނުވެރިކަންކަމުގައި ފާހަގަކުރައްވައި އާ އަހަރަކީ ތަރައްގީގެ އަހަރަކަށް ހެދުމަށްޓަކައި ކޮންމެ ރައްޔިތަކު ވެސް ކަންކަމާމެދު ހެޔޮ ރަނގަޅު ވިސްނުން އިސްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ހިތާބު ނިންމާލައްވަމުން އެމަނިކުފާނު ވިދާޅުވީ އެންމެން ގުޅިގެން ގައުމީ ތަރައްގީގައި އެއް އަމާޒަކަށް ދަތުރުކުރުމަށް ބާރުއަޅުއްވަމުންނެވެ. އަދި 2025 ވަނަ އަހަރަކީ ދިވެހީންގެ ރާއްޖޭގެ އަންނަން އޮތް މުސްތަގުބަލަށްޓަކައި ޒިންމާދާރުކަމާއެކީ، ގައުމު ބިނާކުރުމުގެ އަހަރުކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް