ads
މާލޭގެ ތިން ސަރަހައްދެއްގައި ގިނަ ޕަމްޕެއް ބަހައްޓައިގެން ސިފައިން އަންނަނީ ފެން ހިންދަމުން
މޫސުން ގޯސްވާނެ ކަމަށް ލަފާކުރާތީ ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭ ރީނދޫ އެލާޓް
ކުރިއަށް އޮތް ވަގުތުތަކުގައި ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރާތީ ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭ ރީނދޫ އެލާޓް ނެރެފި އެވެ.
Advertisement

މެޓް އޮފީހުން ރީނދޫ އެލާޓް ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށެވެ. މި އެލާޓް ނެރެފައިވަނީ ފަތިހު 4 ޖެހުމާ ހަމައަށެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

މަގުތަކުން ފެން ހިންދުމުގެ މަސައްކަތަށް އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ސާވިސްއިންވަނީ މާލޭގެ ތިން ސަރަހައްދެއްގައި 11 ޕަމްޕެއް ބަހައްޓައިގެން މަސައްކަތް ފަށައިފަ އެވެ. އަދި މާލެ ސިޓީ ކައުންސިލާ ގުޅިގެން، ފެންބޮޑުވާ ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް އެމްއެންޑީއެފުން ކުރަމުން އެބަދައެވެ.

މި ވިއްސާރައިގައި މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްތަކަށް ވެސް ފެންބޮޑުވެ، އަދި އުދައެރުމުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ވަމުންދާތީ، އެމްއެންޑީއެފުން އެ ރަށްތަކުގައި ވެސް ހަރަކާތްތެރިވަމުން އެބަދެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން ބުނީ މާލޭގައި ފެންބޮޑުވުމާ ގުޅިގެން ވެލިބަސްތާ ޖެހުމަށާއި އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވެގެން 400 އަށް ވުރެ ގިނަ ކޯލު އެ އިދާރާއަށް މިއަދު ލިބުނު ކަމަށެވެ.

އެންޑީއެމްއޭ އިން ބުނި ގޮތުގައި ރެޕިޑް އެސެސްމަންޓް ހެދުމަށް ފަހު ބޮޑަށް އެހީތެރިކަން ބޭނުންވާ 35 ގެއެއްގެ މީހުންނަށް އެހީވުމާއި އެހެން ތަންތަނަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާކުރާނެ ކަމަށެވެ. އަންނަ އާދިއްތަ ދުވަހު ވެސް ވާރޭވެހޭނެތީ، މޫސުން ރަނގަޅުވާން ފަށާނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ.

ރާއްޖެ އަށް މޫސުން ގޯސްވެފައި ވަނީ ސްރީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާއި ގުޅިފައިވާ ގުޅިފައިވާ ލޯ ޕްރެޝާ ޓްރަފުގެ ސަބަބުން ކަމަށް މެޓް އޮފީހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް