ads
ފޮޓޯ: އެމްއެމްޕީއާރުސި
ރާއްޖޭގައި ޗުއްޓީ ހޭދަކުރަން 52 ދަތުރު ލިބޭ އެމްއެމްޕީއާރުސީން ގިވްއަވޭ ފަށައިފި
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން އިންތިޒާމުކުރާ މި އަހަރުގެ އެންމެ ބޮޑު ގްލޯބަލް ކެމްޕޭން "ވޯލްޑްސް ބިގެސްޓް ގިވްއަވޭ" ރަސްމީކޮށް މިއަދު ފަށައިފި އެވެ.
Advertisement

ޑަބްލިއުޓީއެމް ލަންޑަންގައި ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު އިއުލާނުކުރި މި ހަރަކާތުން މިއަދުން ފެށިގެން މި އަހަރުގެ ކޮންމެ ހަފުތާއަކަށް އެއް ޗުއްޓީ ދަތުރު ގިވްއަވޭގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މި އަހަރު ޖުމްލަ 52 ޗުއްޓީ ދަތުރު ގިވްއަވޭގެ ގޮތުގައި ދޭނެއެވެ.

މި ގިވްއަވޭގައި ބައިވެރިވާން ޖެހެނީ އޮންލައިންކޮށެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.

މި ފޯރިގަދަ ކެމްޕޭން ކުރިއަށްދާނީ ވިޒިޓް މޯލްޑިވްސްގެ ޕްލެޓްފޯމްތަކުގައި ކޮންމެ މަހަކު ބާއްވާ ސޯޝަލް މީޑިއާ މުބާރާތްތަކުގެ ތެރެއިން ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެ އެވެ. އެގޮތުން ކޮންމެ މަހަކު ވެސް ނަސީބުވެރި ހަތަރު ފަރާތެއްގެ ގުރު ނަގާއިރު ގަބޫލުނުކުރެވޭފަދަ އިނާމުތަކެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

"މި 52 މުބާރާތުގައި ރާއްޖޭގެ ތަފާތު ހުށަހެޅުންތައް ދައްކާލާއިރު، ސާފު ގޮނޑުދޮށްތަކާއި ރާއްޖޭގެ ސަގާފަތުން ފެށިގެން ފޯރިގަދަ ޑައިވިން އެޑްވެންޗާތަކާއި ލަގްޒަރީ ރިޓްރީޓްތަކާއި ހަމައަށް ހާއްސަ ސަމާލުކަމެއް ދޭނީ ރާއްޖޭ މަގުބޫލުކަން ހޯދާފައިވާ ރޮމޭންސް، ލަގްޒަރީ، ފެމިލީ، ޑައިވިން އަދި އެހެނިހެން ޝައުގުވެރި ސެގްމަންޓްތަކަކަށް" އެމްއެމްޕީއާރުސީ އިން ފާހަގަކުރެއެވެ.

މި ކެމްޕޭންގެ މައިގަނޑު މަގުސަދަކީ ސޯޝަލް މީޑިއާގެ ޒަރީއްޔާއިން ރާއްޖެއަށް ގިނަ ފަތުރުވެރިން އައުމަށް ޝައުުގުވެރި ކުރުވުން ކަމަށްވެސް އެމްއެމްޕީއާރްސީ އިން ބުނެފައިވެ އެވެ.

އޭގެއިތުރުން މި ގްލޯބަލް އިނިޝިއޭޓިވް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަރުދުންނަށް ބައިވެރިވުމަށް ދައުވަތުދީ، ރާއްޖޭގެ ތަފާތު އެޓްރެކްޝަންތައް ހޯދުމާއި، ތަފާތު ހުށަހެޅުންތައް އަމިއްލައަށް ތަޖުރިބާކޮށް، އަހަރު ދުވަހުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމުގައި ހިއްސާވުންކަމުގައި އެމްއެމްޕީއާރުސީން ބުނެއެވެ.

2025 ވަނަ އަހަރުގެ ޖުމްލަ އަމާޒަކީ ސަމާގެ ބޮޑެތި ކެމްޕޭންތަކާއި ޕަބްލިކް ރިލޭޝަންސް، ހަރުދަނާ ކުރިއެރުމެއްގެ ގޮތުގައި ގަދަ 25 މާކެޓުގައި ކުއާޓާ އެކްޓިވިޓީ އެއްގޮތަކަށް ކުރިއަށް ގެންދިއުން ކަމުގައި އެ ކުންފުނިން ބުނެ އެވެ. އަދި ވިޒިޓް މޯލްޑިވްސް އިން ދަނީ ކުންފުނީގެ ހުރިހާ އިސްނެގުމެއްގައި ކާމިޔާބު ހޯދުމަށްޓަކައި 2025 ވަނަ އަހަރު މަތީ ފެންވަރުގެ އިންޑަސްޓްރީ ޕާޓްނަރޝިޕްތަކެއް ގާއިމްކުރުމަށް ހީވާގިކަމާއެކު މަސައްކަތް ކުރަމުން ކަމަށް އެފަރާތުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް