ރާއްޖެއާ އިންޑިޔާގެ އަންހެން ޓީމު ކުޅުނު މެޗުން އިންޑިޔާވަނީ 14 ލަނޑު ސުން ލަނޑުން ރާއްޖެ އަތުން މޮޅުވެފައެވެ. އެއީ މިހާރު ކުޅެމުންދާ ފްރެންޑްލީ ސީރީސްގެ ފުރަތަމަ މެޗެވެ. ދެވަނަ މެޗު ކުޅޭނީ މިއަދުއެވެ. ބެންޗު ޓީމު ނެރެން ނިންމާފައިވަނީ ދެވަނަ މެޗަށެވެ.
ރާއްޖޭގައި 2014 ވަނަ އަހަރުން ފެށިގެން، މިވީ 10 އަހަރު އަންހެން ފުޓްބޯޅައިގެ ރަސްމީ މުބާރާތެއް ނެތްއިރު، އިންޑިއާ އިން މިއަދުގެ މެޗަށް ނުކުތީ މި އަހަރު އެ ގައުމުގައި ބޭއްވި ޑޮމެސްޓިކް މުބާރާތްތަކުގައި ރަނގަޅަށް ކުޅުނު ހުރިހާ ކުޅުންތެރިން ހިމެނައިގެންނެވެ.