މީގެ ތެރެއިން ޓީޖީއެސްޓީން އެކަނި 9.1 ބިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރެވެއެވެ.
މިނިސްޓްރީގެ ހަފުތާގެ މާލީ ރިޕޯޓުގައި ވާގޮތުން، މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު ފާހަގަކުރެވޭ ކުރިއެރުމެކެވެ. 2022 ވަނަ އަހަރު ޓީޖީއެސްޓީން ލިބިފައިވަނީ 8.4 ބިލިއަން ރުފިޔާއެވެ. މި އިތުރުވުން އައިސްފައިވަނީ ޓެކްސް ރޭޓް 16 ޕަސަންޓުން 17 ޕަސަންޓަށް މަތިކުރުމާ ގުޅިގެންނެވެ.
ޓޫރިޒަމާ ގުޅުންހުރި އެހެން ޓެކްސްތަކުން ވެސް ވަނީ ރަނގަޅު ކުރިއެރުމެއް ލިބިފައެވެ. ގްރީން ޓެކުހުން އެއް ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޑިޕާޗާ ޓެކުހުން 1.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ.