ads
މޯލްޑިވިއަން އެއާބަސް
މޯލްޑިވިއަންގެ އެއާ ޝޯ ވީޑިއޯ އަދި ފޮޓޯ ނެގުމުގެ މުބާރާތެއް ބާއްވަނީ
މޯލްޑިވިއަންގެ ފުރަތަަމަ ވައިޑްބޮޑީ އެއާ ކްރާފްޓް ކަމަށްވާ އެއާ ބަސް އޭ330 ރާއްޖެއަށް ގެނެސް މަރުހަބާ ކިޔުމުގެ ގޮތުން ބާއްވާ އެއާ ޝޯވްއާ ކުރިއަށްދާ ވަގުތު ފޮޓޯ އަދި ވީޑިއޯގްރާފް މުބާރާތެއް ބާއްވަން މޯލްޑިވިއަން އިން ހަަމަޖައްސައިފިއެވެ.
Advertisement

އަންނަ ހޯމަ ދުވަހު  ބާއްވާ އެއާ ޝޯ ބޭއްވުމަށް ހަަަމަޖެހިފައިވަނީ އެދުވަހުގެ ހަވީރު 5:00 އިން 5:30 އަށް ކަމަށް މޯލްޑިވިއަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެއެވެ. އަދި މުބާރާތަށް ފޮޓޯ އަދި ވީޑިއޯ ނެގުން ވެސް ކުރިއަށް ދާނީ އެއާ ޝޯ ކުރިއަށް ދާ ވަގުތުއެވެ. 

މުބާރާތުގައި ބައިވެރިވުމަށް ފޮޓޯ ނުވަތަ ވީޑިއޯ ނެގުމަށްފަހު އިންސްޓަގްރަމް، ފޭސް ބުކް ނުވަތަ ޓްވިޓާގައި ޕޯސްޓްކުރުމަށްފަހު މޯލްޑިވިއަންއަށް ޓެގް ކޮށްލަން ޖެހެއެވެ. އަދި "މޯލްޑިވިއަންއެރޯއެއާޝޯވް" އެ ހޭޝްޓެގް ބޭނުން ކުރަން ޖެހޭއިރު ޕްރައިވެޓް އެކައުންޓެއް ނަަމަ އެ އެކައުންޓް ޕަބްލިކްކުރުން ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. އޭގެއިތުރުން 1 ފަހަރަށްވުރެ ގިނަ އެންޓްރީސް ހުއްދަ ކަމަށްވެސް މޯލްޑިވިއަން އިން މައުލޫމާތުދެއެވެ.

ބައިވެރިންގެ ތެރެއިން މުބާރާތުގައި ކާމިޔާބުވެ ހޮވާލެވޭ 3 ފަރާތަކަށް ބޮޑެތި އިނާމުތައް ލިބިގެންދެއެވެ.އެއީ:

  • 1 ވަަނަ އަށް ދާ ފަރާތަަކަށް:  5 ސްޓާ ރިސޯޓެއްގައި 2 ރޭ ފުލް ބޯޑް ސްޓޭ، 2 މީހަކަށް އެއާ ޓްރާންސްފާ ހިމެނޭގޮތަށް
  • 2 ވަނަ އަށް ދާ ފަރާތަަކަށް: 2 ފަރާތަަކަށް ޓްރިވެންޑަރަމް ނޫނީ ކޮޗިންއަށް ދެކޮޅު  ޓިކެޓް
  • 3 ވަަނަ އަށް ދާ ފަރާތަަކަށް: 2 މީހަަކަށް ރާއްޖޭގެ ކޮންމެސް އެއް ރަށަކަށް ދިޔުމަށް ދެކޮޅު ޓިކެޓް 

އޭގެއިތުރުން ހުރިހާ ފަރާތަކަށްވެސް އެއާ ބަސް އެއާކްރާފްޓްގެ އެކްސްކްލޫސިވް މޮޑެލް އެއް ލިބިގެންދާނެކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

މުބާރާތުގަިއ ޖަޖް ކުރާ މިންގަޑުތަަކަށް ބާލައިރު ކްރިއޭޓިވިޓީ، އޮރިޖިނާލިޓީ އަދި ސްޝަލް މީޑިއާ އެންޖޭޖްމަންޓްއަށް މޯލްޑިވިއަން އިން ބަލައެވެ. އެގޮތުން 6 ޖެނުއަރީގައި އޮންނަ މި މުބާރާތުގައި ފޮޓޯއާ ވީޑީއޯ ނަގެމަށްފަހު ބައިވެރިވުމުގެ ސުންގަޑިއަކީ 9 ޖެނުއަރީއެވެ. އަދި މޮޅުވާ ފަރާތްތައް އިއުލާން ކުރަނީ  ޖެނުއަރީ 11 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް