މާލޭގައި 24 ގަޑިއިރު ތެރޭ އަނިޔާވެރި ތިން ހާދިސާ
ގުފްތަގް އަޖީރު
05 ފެބްރުއަރީ 2025 - 13:43:05
މާލޭގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އަނިޔާވެރި ތިން ހާދިސާ ހިނގައިފިއެވެ.
މީގެ ތެރޭގައި ހިމެނެނީ މަސްތުވެގެން ހުރި މީހަކު ހިންގި ހަމަނުޖެހުމަކާއި، ދެ މާރާމާރީއެކެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ފުރަތަމަ ހާދިސާ ހިނގާފައިވަނީ މުރަނގަމަގުގައި ހުންނަ ޝޮޕީޒް ފިހާރަ ކައިރީގައެވެ. މި ހާދިސާގައި ލ. ކުރެންދޫ / ދިލާސާގޭ، އިބްރާހިމް ޒާހީ ސުލައިމާން ވަނީ ހައްޔަރުކޮށްފައެވެ.
ދެ ވަނަ ހާދިސާ ހިނގާފައިވަނީ އެއް ކެފޭއެއްގެ ބަދިގޭގައެވެ. މި ހާދިސާގައި ބަންގްލަދޭޝް މީހަކު ނޭޕާލު މީހަކަށް ހަމަލާދިނުމުން، އަނިޔާ ލިބުނު މީހާ މިހާރު ދަނީ އައިސީޔޫގައި ފަރުވާ ހޯދަމުންނެވެ.
އެންމެ ފަހުން ހިނގި ހާދިސާގައި މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލާފައިވެއެވެ. މި ތިން ހާދިސާގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް