ރައީސް މުއިއްޒުގެ މެސެޖުގައި ބްރޭލްގެ އީޖާދީ ބަދަލާއެކު، ލޮލަށް ފެނުމުގައި ދަތިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމުގައި މި ނިޒާމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މިއީ މުޖުތަމައުގައި އެފަދަ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ލިބުނު މުހިންމު ވަސީލަތެއްކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކަށީގެންވާ ހިދުމަތްތަކާއި ވަސީލަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުންކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި މިކަމަކީ ކޮންމެ ގައުމެއްގެވެސް އަސާސީ ޒިންމާއެއްކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމާއި، މުޖުތަމައުގައި އެފަރާތްތަކުގެ ދައުރު އިތުރުކުރުމަށް ސަރުކާރުން އިސްކަންދޭނެކަން ރައީސް މުއިއްޒު ވަނީ އަންގަވާފައެވެ.