ނިލަންދޫ ކައުންސިލުން ބުނީ ބޯޓު ވަރަށް ބޮޑަށް ފަރުމައްޗަށް އަރާފައިވާ ކަމަށެވެ. އަދި މިހާރު އެންމެ ބޮޑު ކަންބޮޑުވުމަކީ ތެޔޮ އަޅާފައިވާ ބޯޓަކަށް ވާތީ، ބޯޓުގެ ދަށުން ފަޅައިގެން ގޮސް ތެޔޮ ލީކުވުމުގެ ނުރައްކާ އޮތް ކަމަށެވެ.
ބޯޓު ފަރުމައްޗަށް އަރާފައިވާ ވަރަށް ބަލާއިރު، އަނބުރާ ފުންކުރުމުގެ މަސައްކަތަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށް ކައުންސިލުން ބުނެއެވެ.
މި ހާދިސާ ހިނގާފައިވާކަން އެފްއެސްއެމް އިން ވެސް ވަނީ ސީއެންއެމް އަށް ކަށަވަރުކޮށްދީފައެވެ.