ads
ވައި ނުސާފު ވަގުތު ތަކުގައި ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
ވައި ނުސާފު ވަގުތުތަކުގައި ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ)އިން އިލްތިމާސްކޮށްފި އެވެ.
Advertisement

ވިލިމާލޭގައި ގާއިމްކޮށްފައިހުންނަ އެމްއެންޔޫގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކަނީ މިއަދަކީ މާލޭ ސަރަކައްދަށް ވަރަށް ބޮޑަށް ޖައްވު ނުސާފު ދުވަހެއް ގޮތަށެވެ.

މިއަދު 11:00 ގެ ކުރިން މި ސަރަހައްދުގެ ވައިގެ ކޮލިޓީ 107 އިން މަތީގައި ހުރިއިރު އެއީ ނާޒުކުކަން ހުންނަ ފަރާތްތަކަށް ސިއްހަތަށް ނުރަނގަޅު މިވަރެއްކަމަށް އެޗްޕީއޭއިން ސަމާލުވުމަށް އެދި ނެރުނު އިރުޝާދާއި މައުލޫމާތުން ދައްކައެވެ.

އެޗްޕީއޭއިން ނެރުނު ވައިސާފު ކަމުގެ މިވަރު ދޭވަހާ މައުލޫމާތަށް ބާލާއިރު 0-50 އަކީ ވައި އެންމެ ސާފު މިންވަރެވެ. 50-100 އަށް އަކީ ވައި ސާފުކަމުގެ މެދުމިނެއް ކަމަށްވާއިރު 100 އިން މަތިވެ 150 އާ ހަމައަށް އަރާނަމަ އެއީ ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށްވެސް ނޭވާލާ ނިޒާމުމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު މިންވަރެއް ކަން އެޗްޕީއޭއިން ބުނެ އެވެ.

  • 151-200 ސިއްހަތަށް ނުރަނގަޅު: ސިއްހި ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެންނަށްވެސް ބޮޑު
  • 201-300 ސިއްހަތަށް ވަރަށް ނުރަނގަޅު: ސިއްހީގޮތުން ނޭދެވޭ އަސަރުތައް ކުރުމުގެ ނުރައްކާ ހުރިހާ އެންމެންނަށްވެސް ބޮޑު، ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި އުޅުން ހުއްޓާލުން 
  • 300 އިން މަތި، ނުރައްކާތެރި! ހުރިހާ އެންމެންވެސް ގެއިން ބޭރުގައި އުޅުން މަދުކުރުން 

ވައި ނުސާފު ވަގުތުތަކުގައި ފުއްޕާމޭގެ ބަލިތަކާއި، ހިތުގެ ބަލި، އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ. އަދި ބޭރަށް ނިކުންނަށް ޖެހޭ ހާލަތުގައި ރައްކާތެރި މާސްކް އަޅައި، ކުޑަކުދިން، ދޮށީ އުމުރު މީހުން، މާބަނޑު މީހުން  ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށްވެސް އެޗްޕީއޭއިން ބުނެ އެވެ. އޭގެ އިތުރުން ތުއްތު ކުދިްނ ބޭރަށް ނުނެރުމާއި، ގޭގައި ދޮރުތައް ލައްޕައިގެން ބެހެއްޓުމާއި، ބޭރުގައި ކުޅިވަރު ކުޅުންދަފަ ކަންކަންވެސް މަޑު ޖައްސާލުމަށްވެސް އެޗްޕިއޭއިން ބުނެ އެވެ.

އިރުވައި މޫސުމާ ދިމާކޮށް ކޮންމެ އަހަރުކުވެސް ހޭޒް ނުވަތަ ފުސްކަމުގެ އަސަރު ރާއްޖެއަށް ކުރެ އެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި ހޭޒްގެ އަސަރު އުތުރުގެ އަތޮޅުތަކަށް ކޮށްފައިވާކަންވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.

އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ މި ތަޣައްޔަރު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. ދުން ގިނަވެ، ފުސްވުމުގެ ސަބަބުން، ލޮލަށް ފެންނަ ދުރުމިން ދަށްވެ އެވެ. އެކަމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވެސް އުނދަގޫވެ އެވެ. އަދި ސިއްހީ އެކި މައްސަލަތައް ވެސް ކުރިމަތިވެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް