ފުލުހުންގެ ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި، އުފުލަންދޫގެ އަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ އަލީ ހާޒިމް ކަމަށް މޯލްޑީވްސް ޕޮލިސް ސާވިސް އިން ބުނެއެވެ.
މި އޮޕަރޭޝަނުގައި އޭނާ ދުއްވި ކާރު ހުއްޓުވައި ބަލައިފާސްކުރިއިރު، އެކި ބްރޭނޑްތައް ހިމެނޭހެން ޖުމްލަ 43 ފުޅި ބަނގުރާ ފެނިފައިވެއެވެ. އަދި މިމައްސަލައާ ގުޅިގެން އޭނާ ދުއްވި ކާރުވެސް ޓޯކޮށްފައިވާކަން ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ