ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި އެމެރިކާގެ އެންމެ މަތީ ޝަރަފުގެ މެޑަލް އެރުވި ނަމަވެސް، އާޖެންޓީނާގެ ކެޕްޓަން އެ ރަސްމިއްޔާތަށް ހާޒިރެއް ނުވެ އެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރިކޯޑު އަދަދެއް ކަމަށްވާ އަށް ފަހަރު ހޯދާފައިވާ މެސީއަށް މި މެޑެލް ލިބުނުއިރު، އޭނާއަކީ މި މެޑެލް ލިބުނު ފުރަތަމަ ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާއެވެ. އަދި މެސީ އަކީ މި ޝަރަފް ލިބުނު އާޖެންޓީނާގެ ފުރަތަމަ މީހާއެވެ.
"ޕްރެޒިޑެންޝިއަލް މެޑަލް އޮފް ފްރީޑަމް' މިއީ އެމެރިކާގެ ފާގަތިކަމާއި، އަސާސްތަކާއި، ސަލާމަތާއި، ރައްކާތެރިކަމާއި، ދުނިޔޭގެ ސުލްހަ އަށް ނުވަތަ އެނޫންވެސް މުހިންމު އިޖުތިމާއީ، އާއްމު ނުވަތަ އަމިއްލަ މަސައްކަތްތަކުގައި ނަމޫނާ ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކަށް ދޭ މެޑެއްޔެކެވެ.