އިންޑިއާގެ ބޮޑުވަޒީރުގެ ތަހުނިޔާ ރައީސް މުއިއްޒަށް
ގުފްތަގް އަޖީރު
06 ޖެނުއަރީ 2025 - 12:35:26
އިންޑިއާއިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު ޖީ.ބަލަސުބްރަމާނިއަމް މިއަދު ރައީސް މުއިއްޒާ ބައްދަލުކުރައްވައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރުގެ ތަހުނިޔާވެސް ރައީސް މުއިއްޒަށް އެރުވިއެވެ. މި ބައްދަލުވުމުގެ ކުރިން ސަފީރު ވަނީ ރަސްމީ އިއްޒަތުގައި ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ވަޑައިގެން، ސަފީރުކަމުގެ ފަތްކޮޅު ރައީސް މުއިއްޒަށް އަރުވާފައެވެ.
ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މިހާރު އިންޑިއާގެ އެހީގައި ކުރިއަށްދާ މަޝްރޫއުތަކާއި، އެކި ދާއިރާތަކުން ކުރެވެމުންދާ އިންވެސްޓްމަންޓްތަކާ ބެހޭގޮތުންވެސް ވާހަކަދެކެވުނެވެ.
ބައްދަލުވުން ނިމުނުއިރު ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެފަރާތުންވެސް އެއްބަސްވެ، އެކަމުގެ ޔަގީންކަން ދެއްވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް