ads
އެމްޕީއެލްގެ އެމްޑީކަމަށް އައްޔަންކުރި މުހައްމަދު ރިޝްވާނު،
އެމްޕީއެލްގެ އެމްޑީކަމަށް ކުރީގެ ޑީސީޕީ ރިޝްވާން
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމަށާއި ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމަށް ކުރީގެ ޑީސީޕީ ހ. ހަބަރުގެ، މުހައްމަދު ރިޝްވާނު އައްޔަނުކޮށްފިއެވެ.
Advertisement

މި ސަރުކާރު ވެރިކަމަށް ހަވާލުވެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް އައްޔަންކުރި މުހައްމަދު ވަޖީހު އިބްރާހީމް، ވަނީ މިދިޔަ އާދިއްތަ ދުވަހު އެ މަގާމުން ވަކިކޮށްފައެވެ. ސަރުކާރުން ވަޖީހު މަގާމުން ވަކިކުރި ސަބަބެއް ނުބުނެއެވެ. 

ސަރުކާރު ކުންފުންފުނުތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމަށާއި ބޯޑު ޑިރެކްޓަރުކަމުގެ މަޤާމަށް މުހައްމަދު ރިޝްވާނު، މިއަދު އައްޔަންކޮށްފައިވާކަމަށެވެ. 

ފުލުހުންގެ ހިދުމަތުގެ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެެއްވި ރިޝްވާނު ވަނީ ޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވާފައެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ ރައީސް ނަޝީދު ވެރިކަމުގައި ޖެނުއަރީ 13، 2010 ގައެވެ. އެހެންނަމަވެސް 12 ޖުލައި 2011 ގައި ރިޝްވާނު ވަނީ އެ މަގާމުން އިސްތިއުފާދެއްވާފައެވެ. 

އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރިޝްވާނު ވަނީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް އައްޔަންކުރައްވާފައެވެ. 

ވަޖީހަކީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަނބަލުންގެ ބަފާބެއެވެ. ވަޖީހުގެ ދަރިކަލުން އަހުމަދު ހިޝާމް ވަޖީހު ހުންނެވި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައެވެ.

ވަޖީހް މަގާމުން ވަކިކޮށްފައި މިވަނީ ޓްއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލް އެމަގާމުން ކުއްލި ގޮތަކަށް ވަކިކުރިތާ ހަފްތާއެއްވެސް ނުވަނީސްއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް