ads
ޝާހްރުކް ހާން އާއި އަންހެނުން ގައުރީ
ގައުރީ ހާން އިސްލާމްދީން ގަބޫލު ކުރިކަމަށް ބުނެ ދައުރުވާ ފޮޓޯގެ ހަގީގަތް
މަޝްހޫރު، ފަސްޓް ކްލާސް ބޮލީވުޑް ތަރި ޝާހްރުކް ހާން އަކީ އިސްލާމްދީން ގަބޫލުކުރާ މީހެކެވެ. އެގޮތުން މިފަހުން ސޯޝަލް މީޑިއާގައި ޕޯސްޓްތައް ފުރިގެން ދިޔައީ ޝާހްރުކް އާއި އަނބިކަބަލުން ގައުރީ ހާން އެ ދެމަފިރިން، އިސްލާމްދީންގެ މާތްްވެގެންވާ ބިން ކަމުގައިވާ މައްކާއަށް ޒިޔާރާތްކޮށް އެތަނުގައި ގައުރީ އިސްލާމްދީން ގަބޫލުކުރި ކަމުގެ ވާހަަކައިންނެވެ.
Advertisement

ސަޕޯޓަރުން ނުހަނު ޝައުގުވެރިކަމާއެކު މިވާހަކަތައް ހުއްޓުމެއް ނެތި ދައްކަމުން ދިޔައީ ސޯޝަލްމީޑިއާގައި ދައުރުވި ފޮޓޮއަކާ ގުޅިގެންނެވެ. އެ ފޮޓޯ އިން ފެނިގެން ދަނީ ޝާރުކް ހާން އިހްރާމްގައި އަދި ގައުރީ ހާން ބުރުގާ އަޅާގެން ދެމަފިރިން، ގެފުޅު ކުރިމަތީ ރީތި ފޮޓޯއަކަށް ހުއްޓިގެން ހުންނަ މަންޒަރެވެ.

your imageޝާރުކްހާން އާއި ގައުރީ ހާންގެ އޭއައި ޖެނެރޭޓެޑް ފޮޓޯއެއް 

އިންޑިއާގެ ބޮޑެތި މީޑިއާތަކުން ވަނީ މިއީ ދޮގު ހަބަރެއް ކަަމަށް ބުނެ އެ ފޮޓޯ އަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ އެހީގައި އުފައްދާފައިވާ ފޮޓޯއެއް ކަމަށް ހާމަކޮށްފަ އެވެ.

ހަމަގައިމުވެސް ޝާހްރުކް ހާން އާއި ގައުރީ ހާން މިވަނީ އާޓިފިޝަލް އިންޓެލިޖެންސްގެ ޝިކާރައަކަށް ވެފަ އެވެ. އަދި އެ ދެމަފިރިންގެ ވައިރަލް ތަސްވީރުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަަށް މީޑިއާތަކުން މިހާރު ވަނީ ރިޕޯޓްކޮށްފަ އެވެ.

2005 ވަނަ އަހަރު ގައުރީ ހާން ވަނީ ކަރަން ޖޯހަރުގެ މަގުބޫލު ޝޯ "ކޮފީ ވިތް ކަރަންގެ" އެޕިސޯޑެއްގައި ޝާހްރުކް ހާން އާއި އާއި ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން ފިރިމީހާ ގާބުލް ކުރާ އިސްލާމްދީން އާ ގުޅޭ ގޮތުން ގައުރީ ވަނީ ހިޔާލުފާޅުކޮށްފަ އެވެ.

"އޭގައި ބެލެންސްއެއް އެބަވޭ، އަހަރެން ޝާހްރުކްގެ ދީނަށް އިހްތިރާމް ކުރަން ނަމަވެސް އޭގެ މާނައަކީ އަހަރެން އިސްލާމްވެ މުސްލިމަކަށް ވާނީއެއް ނޫން، އަހަރެން އެކަން ގަބޫލެއް ނުކުރަން. އަޅުގަނޑަށް ހީވަނީ ކޮންމެ މީހަކީވެސް އެމީހުންގެ ދީނަށް ތަބާވާ މީހެއް ނަމަވެސް އެއްވެސް މިންވަރަކަށް އިހްތިރާމް ކުޑަވެގެން ނުވާނެ. އަހަރެންގެ ދީނަށް ވެސް ޝާހު އިހްތިރާމް ކުޑައެއް ނުކުރާނެ" ގައުރީ ހާން ބުންޏެވެ.

ހިންދޫ ދީން ގަބޫލުކުރާ ގައުރީ އެޝޯގައި ވާހަކަދައްކަމުން އިތުރަށް ބުނީ ދޮށީ ދަރިފުޅު އާރްޔާން ހާން އަކީ ބައްޕަ ޝާހްރުކް ކުރާ ކަންކަމަށް ވަރަށް ގަޔާވާ ކުއްޖެއް ކަމަށާއި ދަރިފުޅު އަމިއްލައަށްވެސް އޭނާއަކީ މުސްލިމެއް ކަަމަށް މީހުން ކައިރީ ބުނެ އުޅޭ ކަމަށެވެ. 

ޝާރުކް އާއި ގައުރީ ކައިވެނި ކުރީ އޮކްޓޯބަރު 1991 ވަނަ އަހަރުގެ އޮކްޓޯބަރު 25 ގައެވެ. އެ ދެމަފިރިންގެ ހުންނަނީ 3 ދަރިންނެވެ. އެއީ އާރްޔާން ހާން ، ސުހާނާ ހާން އަދި އަބްރަމް ހާން އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް