އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި އިންތިހާބުތަކާ ގުޅިގެން ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކުރަނީ ރައްޔިތުންނަށް ފަސޭހައިން އިންތިހާބީ ޝަކުވާ ނުވަތަ މައްސަލަ ހުށަހެޅުމަށާއި އެ ހުށަހަޅާ ޝަކުވާއެއް ނުވަތަ މައްސަލަތައް އަވަހަށް ބެލޭނެ ނިޒާމެއް އެކަށައެޅުމަށެވެ.
އިންތިހާބާ ގުޅޭ ޝަކުވާތައް އީމެއިލް މެދުވެރިކޮށް ހުށަހެޅޭ ގޮތަށް މިހާރުވަނީ ހަމަ ޖައްސައިފައެވެ. އީމެއިލްގެ އިތުރުން، ޝަކުވާ ފޯމްވެސް އިލެކްޝަންސްއިން ބަލައިގަންނާނެއެވެ.
ކޮމްޕްލެއިންޓްސް ބިއުރޯގެ ކައުންޓަރު ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނުން ފެށިގެން މެންދުރު ފަހަށް ހުޅުވާފައި ހުންނާނެއެވެ. ހުކުރު ދުވަހު ކޮމްޕްލެއިންސް ކައުންޓަރު ހުޅުވާނީ މެންދުރު ފަހުއެވެ.