މިކަމާ ގުޅިގެން ގިނަ ބަޔަކު މިހާރު އުފައްދަމުންދާ ސުވާލަކީ، އަނެއްކާވެސް މި އައިކޮނިކް ރޯލުން ޝާހްރުކް ޚާން ފެނިދާނެތޯ އެވެ.
އިންޑަސްޓްރީގެ ހަބަރުތައް ބުނާ ގޮތުގައި، ރަންވީރު މި ފިލްމު ދޫކޮށްލަން ނިންމީ އޭނާގެ ފިލްމު "ދުރަންދަރު" ގެ ކާމިޔާބީއަށްފަހު އެވެ. ރަންވީރު ބޭނުންވަނީ ޖެހިޖެހިގެން ގޭންގްސްޓާ ރޯލުތައް ކުޅުމުން ދުރުވެ، އެއް ކަހަލަ ރޯލުތަކަކަށް "ޓައިޕްކާސްޓް" ވުމުން ސަލާމަތްވާށެވެ.
ޝާހްރުކް އެނބުރި އަންނަން ކުރި ޝަރުތު ރަންވީރު ވަކިވުމާއެކު، އަސްލު "ޑޮން" ގެ ރޯލު ކުޅުނު ޝާހްރުކް ހާން އަލުން މި ފިލްމަށް ގެނައުމުގެ ވާހަކަތައް ވަނީ ގަދަވެފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ޝާހްރުކް އެނބުރި އައުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް އޭނާ ވަނީ އެކަމަށް ޝަރުތެއް ކޮށްފަ އެވެ.
ކިއާރާގެ ބަދަލުގައި ކްރިތީ؟
މި ބަދަލުތަކުގެ ތެރެއިން ފިލްމުގެ ބަތަލާއަށް ވެސް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. ކުރިން މި ރޯލަށް ހަމަޖައްސާފައިވަނީ ކިއާރާ އަދުވާނީ ކަމަށްވީ ނަމަވެސް، މިހާރު ކްރިތީ ސެނަން އެ ރޯލުން ފެނިދާނެ ކަމަށް ވެސް ވާހަކަ ދެކެވެ އެވެ. ނަމަވެސް ފިލްމު އުފައްދާ ފަރާތުން މިކަންކަން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.