ads
ޔޫރަޕާއި ޗައިނާއަށް ސީދާ ދަތުރުތައް ކުރެވޭ، މޯލްޑިވިއަންގެ އާ ވައިޑްބޮޑީ މަތިންދާބޯޓު މިއަދު ރާއްޖެ ގެނައުން
ޔޫރަޕަށް ދަތުރުކުރެވޭ މޯލްޑިވިއަންގެ ވައިޑް-ބޮޑީ އެއާކްރާފްޓް ގެނެސްފި
ޔޫރަޕާއި ޗައިނާއަށް ސީދާ ދަތުރުތައް ކުރެވޭ، މޯލްޑިވިއަންގެ އާ ވައިޑްބޮޑީ މަތިންދާބޯޓު މިއަދު ރާއްޖެ ގެނެސްފި އެވެ.
Advertisement

އެއާބަސް އޭ 330 ބޯޓަކީ 260 މީހުންގެ ޖާގައިގެ ބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާހުގައި ދަތުރު ކުރެވޭނެ އެވެ. އެއީ ދިގު ދަތުރުތައް ކުރުމުގެ ގާބިލް ހުރި ބޯޓެކެވެ. އެހެންވެ، ޓްރާންސިޓު ނުކޮށް، ދުރު މަންޒިލްތަކަށް ދަތުރު ކުރެވޭނެ އެވެ. އެ ބޯޓުން 10 ޓަނުގެ ކާގޯ އުފުލޭނެ އެވެ.

ވައިޑް ބޮޑީގެ ބޯޓުގައި އެންމެ ފުރަތަމަ ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ ޗައިނާއަށެވެ.

މީގެއިތުރުން މޯލްޑިވިއަން އިން ވަނީ އިޓަލީ އާއި އިނގިރޭސިވިލާތާއި ޖަރުމަނުގެ އިތުރުން ދެކުނު އެފްރިކާއަށް ދަތުރުތައް ފަށަން ނިންމާ ޖެނެރަލް ޕަސެންޖާ ސޭލްސް އެޖެންޓުންގެ ހިދުމަތް ހޯދަން ވެސް އިއުލާނުކޮށްފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ގައުމީ އެއާލައިނަށް ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން ތައާރަފްކުރުމުގެ މަސައްކަތަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ގައުމީ އެއާލައިންއަކީ ސީޕްލޭން އާއި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް އެއާލައިން ހިދުމަތް ދޭ ކުންފުންޏެވެ. އަދި އިންޓަނޭޝަނަލް ދަތުރުތަކުގައި މިވަގުތު ދަނީ އިންޑިއާގެ މަންޒިލްތަކަށެވެ. މިހާތަނަށް މޯލްޑިވިއަން އެންމެ ދުރަށް ޝެއިޑުލްކޮށް ދަތުރުކުރީ ޗައިނާ އަށެވެ. ގައުމީ އެއާލައިންއަކީ މި ދާއިރާގެ އެންމެ ބޮޑު ޓީމް އޮތް ކުންފުންޏެވެ. އެންމެ ކުޅަދާނަ އިންޖިއަރުން ތިބި ކުންފުންޏެވެ.

މޯލްޑިިވިއަން އެއާލައިންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ސިންގަޕޫރުން މާލެ ގެނައި އިރު، އެ ދުއްވަން ތިބީ މުޅިން ވެސް ދިވެހި ޕައިލެޓުންނެވެ. އެއީ ކެޕްޓަން ހުނައިނާއި ކެޕްޓަން މައުމޫނެވެ. އަދި އެ ބޯޓުގެ ފަސްޓް އޮފިސަރެއްގެ ގޮތުގައި ހުންނެވީ އޭވިއޭޝަން ދާއިރާގައި 21 އަހަރުގެ ތަޖުރިބާކާރު ކެޕްޓަން މުހައްމަދު ތޮއްލަތު އަންވަރެވެ. އޭނާ މިވަގުތު މަސައްކަތް ކުރައްވަނީ ގަތަރު އެއާލައިންގަ އެވެ. އިންޖިނިއަރަކަށް ވެސް ހުންނެވީ ދިވެހި ބޭފުޅެއް ކަމަށްވާ އަހުމަދު ޝިއުޒެވެ. ކްރޫއިންގެ ގޮތުގައި ވެސް ހަރަކާތްތެރިވީ ދިވެހިންނެވެ. 

މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 13 ބޯޓު އެބައޮތެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ހަތަރު ބޯޓު ހިމެނެއެވެ. ބާކީ ހުރީ ޑޭޝް މަރުކާގެ ބޯޓުތަކެކެވެ. ބޭރު ދަތުރުތައް ކުރުމުގައި ގެންގުޅެނީ އެއާބަސް އޭ320 މަރުކާގެ ބޯޓެވެ.

މޯލްޑިވިއަނުން މި ވަގުތު ދަތުރުކުރަނީ ރާއްޖޭގެ 16 މަންޒިލަކާއި އިންޑިއާގެ ތިން ސަރަހައްދަކާއި ލަންކާ އަދި ބަންގްލަދޭޝަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް