ޕީއެސްޖީން ޓްރޮފީ ޑީ ޗެމްޕިއަންސް ކާމިޔާބު ކުރީ، މޮނާކޯ ބަލިކޮށްގެންނެވެ. މި މެޗު ކުޅުނީ ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ސްޓޭޑިއަމް 974 ގައެވެ. ޕީއެސްޖީން މި މެޗު ކާމިޔާބު ކުރީ އެއް ލަނޑު ސުން ލަނޑުންނެވެ.
މެޗު ގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޕީއެސްޖީ އަށް ލަނޑު ޖަހައިދިނީ ފްރާންސްގެ އޮސްމާން ޑެމްބެލޭ އެވެ. އޭނާ އެ ލަނޑު ޖެހީ ފަބިއަން ރުއީޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
މިއީ ޕީއެސްޖީން ޓްރޮފީ ޑީ ޗެމްޕިއަންސް ކާމިޔާބު ކުރި 13 ވަނަ ފަހަރެވެ. އަދި ޕީއެސްޖީ އަކީ މި މުބާރާތުގެ ތަށި އެންމެ ގިނަ ފަހަރު ކާމިޔާބު ވެސް ކޮށްފައިވާ ޓީމެވެ.