ads
އުތުރުގެ އަތޮޅުތަކުގައި ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން ތިން ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް މެޓްން ބުނޭ
އުތުރާއި މެދުރާއްޖެ ތެރެއަށް ވައި ނުސާފުވެއްޖެ
ދުންފުހުގެ ސަބަބުން ވައިނުސާފުވުމުގެ މައްސަލަ ރާއްޖޭގެ އުތުރުގެ ރަށްތަކަށާއި، މެދުރާއްޖެ ތެރެއަށް ދިމާވާން ފަށައިފި އެވެ.
Advertisement

މެޓް އޮފީހުން ބުނީ ދުންފަހުގެ ސަބަބުން ވައި ނުސާފުވެ އުތުރުގެ އަތޮޅުތަކުގައި ހަމަލޮލަށް ސާފްކޮށް ފެންނަ ދުރުމިން ގާތްގަނޑަކަށް ތިން ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށެވެ.

މި ހާލަތު މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފެތުރޭނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާ އިން ލަފާކުރެ އެވެ.

އިއްޔެއަކީ މާލެ ސަރަހައްދުގެ ޖައްވު ވަރަށް ބޮޑަށް ނުސާފު ދުވަހެއް ކަމަށް ވިލިމާލޭގައި ހުންނަ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާފައިވެ އެވެ.

މެޓް އިން ކުރި ޕޯސްޓުގައި ވަނީ ހދ. ކުޅުދުއްފުއްޓާއި ގާތްގަނޑަކަށް ހަތް ކިލޯމީޓަރުގެ ދުރުގައިވާ ކޭލަކުނު، މިއަދު ދުރުން ފެންނަން އޮތްގޮތާއި، މިދިޔަ އަހަރުގެ ނޮވެމްބަރުގައި ފެންނަން އޮތް ގޮތުގެ ފޮޓޯއެއް ހިއްސާ ކޮށްފަ އެވެ.

ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، މި ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 107 ގަ އެވެ. އިއްޔެ 11:00 ގެ ކުރިން ހުރީ އެ އަށް ވުރެ ވެސް މަތީގަ އެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރު-ޖެނުއަރީ މަހު ރާއްޖޭގެ ވައި ނުސާފުވުން މިހާރު ވަނީ އާންމު ކަމަކަށް ވެފަ އެވެ. މީގެ ސަބަބެއް ކަމަށް ތަޖުރިބާކާރުން ބުނަނީ، އިރުވައި މޫސުމުގެ އުތުރު ހަޅައިގެ ވަޔާ އެކު، އިންޑިއާގެ ދުންގަނޑުގެ އަސަރު ރާއްޖެއަށް ކުރަނީ ކަމަށެވެ.

އިންޑިއާގައި ދުށް އުފެދެނީ ދަނޑު ހައްދަން އަންދާ އެންދުންތަކުގެ ސަބަބުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް