![](https://cnm.mv/media/images/472634246_18052035329506199_670730332207997797_n.jpg)
ތިމަރަފުށީގެ ބައެއް ކުޅުންތެރިން (ފޮޓޯ ޖޮޒްޓީ)
ފުޓްސަލް ރަސްގެފާނު؛ ތިންތަރި ޖެހި ތިމަރަފުށި ފެށީ ސަޅިކޮށް
ސްޕޯޓްސް ޓީމް
07 ޖެނުއަރީ 2025 - 09:35:13
ދިވެހި ފުޓްސަލްގެ ރަސްގެފާނު، ތ. ތިމަރަފުށިން، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ 2025 ގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.
ގޯލްޑަން ފުޓްސަލްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ތިމަރަފުށިން، ރޭ މޮޅުވީ ކިނބިދޫ އަތުން ދެ ލަނޑު އެއް ލަނޑުންނެވެ. މި މެޗުގައި، ތިމަރަފުށިން ލީޑުނެގީ، އަހުމަދު އަފްލާޒް ޖެހި ގޯލުންނެވެ. ތިމަރަފުށީގެ ދެވަނަ ލަނޑަކީ ކިނބިދޫ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ކިނބިދޫން ލަނޑު ޖެހީ އަލީ ފަލާހުއެވެ. އަދި މެޗުގެ ފަހު ވަގުތު ތިމަރަފުށީގެ ކެޕްޓަން، އިބްރާހިމް ސިނާހު (ސިނާ) އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ރޭ ދެއްކިއެވެ.
މި ގްރޫޕްގެ އަނެއް މެޗުން ވިލުފުށިން ވަނީ ދެ ލަނޑު އެއް ލަނޑުން އޮމަދޫ ބަލިކޮށްފަ އެވެ. ތ. އަތޮޅުގެ ގްރޫޕް ބީގައި ވޭމަންޑޫ އަތުން ހިރިލަންދޫ ވަނީ މޮޅުވެފަ އެވެ. އަދި ބުރުނިން ވަނީ ހަތަރު ލަނޑު އެއް ލަނޑުން ކަނޑޫދޫ ބަލިކޮށްފަ އެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް