މީގެ ކުޑައިރުކޮޅެއް ކުރިން އެކްސިޑެންޓް ހިނގި އެކްސިޑެންޓްގެ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައި ވަނީ އޭގައި ފެންނަނީ ކުރީގައި އޮތް ޕިކަޕްގެ ފަހަތު ބައިގެ ދަށަށް ކުޑަ ކާރެއް ވަދެފައި ވަނިކޮށެވެ.
މި އެކްސިޑެންޓް ހިނގި ސަރަހައްދުގައި ގިނަ ވެހިކަލްތަކެއް ވެސް ކިއު ހަދާފައި އޮތެވެ.
ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓުގައި އަނިޔާވީ ކާރުގައި ތިބި ދެ މީހުންނަށެވެ. އަދި ކާރު ދުއްވަން އިން މީހާއަށް ވަރަށް ބޮޑަށް އަނިޔާވެގެން ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
މިއެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.