ފ. ޗެމްޕިއަން ބިލެއްދޫންވެސް ފެށީ މޮޅަކުން
ސްޕޯޓްސް ޓީމް
08 ޖެނުއަރީ 2025 - 15:51:01
ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ފ. އަތޮޅު ބުރުގައި ފުރަތަމަ މެޗުތަކުން ބިލެއްދޫ އަދި މަގޫދޫ މޮޅުވެއްޖެއެވެ.
ފ. އަތޮޅުން މި ފަހަރު ހުރިހާ ރަށަކުން ވާދަކުރާއިރު، ބިލެއްދޫން ރޭ މޮޅުވީ ނިލަންދޫއާ ދެކޮޅަށް ކުޅެ ތިން ލަނޑު ދެ ލަނޑުންނެވެ. ހަމަ އެ ނަތީޖާއިން މަގޫދޫ މޮޅުވީ ފީއައްޔާ ދެކޮޅަށް ކުޅެއެވެ. ރޭ ނުކުޅެނީ ދަރަނބޫދޫ އެކަންޏެވެ.
ބިލެއްދޫ – ނިލަންދޫ މެޗުގައި ލީޑުނެގީ ނިލަންދޫގެ ކެޕްޓަން، ފާރޫގު އިސްމާއިލް ޖެހި ގޯލުންނެވެ. އެކަމަކު، މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ، މުހައްމަދު ޒީދާން ޒުހުރީ މޮޅު ދެ ގޯލު ޖަހައި، ބިލެއްދޫ ކޮޅަށް ނަތީޖާ އަނބުރާލި އެވެ.
މަގޫދޫ ޓީމަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، މޫސާ މާހިލް މިގުދާދު ދެ ގޯލާއި ޖަޒްލާން މާހިރު ގޯލެކެވެ. ފީއަލީން ޒިޔާން ހުސެއިން ގޯލެއް ޖެހިއިރު، އަނެއް ލަނޑަކީ މަގޫދޫގެ މޫސާ އައްސަދު އަންވަރު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް