 
                                                                                                
                    ޕަބެލޯ ގަވީ އާއި ލަމީން ޔަމާލްގެ ލަނޑުތަކުން ރޭ ބާސެލޯނާ މޮޅުވީ ދެ ލަނޑު ސުން ލަނޑުން އެތުލެޓިކް ކްލަބް ބިލްބާއޯ އަތުންނެވެ.
ސައުދީ އަރަބިއާގެ ޖިއްދާގައި ކުޅުނު މެޗުގައި ބާސާގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ގަވީ ޖެހީ އަލްހެންޑްރޯ ބަލޭޑް ތަނަވަސްކޮށްދިން ބޯޅައިންނެވެ. އެ ލަނޑު ޖެހުމުގެ އިތުރަށް، އަނެއް ލަނޑު ޖެހުމަށް ޔަމާލް އަށް ފުރުސަތު ތަނަވަސްކޮށް ދިނީ ގަވީ އެވެ. އެ ލަނޑު ޖެހީ 52 ވަނަ މިނެޓުގަ އެވެ.
ސުޕަ ކަޕްގެ ތަށި އެންމެ ގިނައިން ކާމިޔާބު ކުރި ބާސާ އާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ ރެއާލް މެޑްރިޑް އާއި ރެއާލް މަޔޯކާ މިރޭ ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ.