ބޯމަސް ކަނޑަށް ގެއްލުނު 7 މީހުން ހޯދައިފި
ގުފްތަގް އަޖީރު
09 ޖެނުއަރީ 2025 - 22:04:41
ވ. ފުލިދޫ ކައިރީގައި އޮންނަ ބޯމަސް ކަނޑު ޑައިވް ސައިޓަށް ފީނަން ގޮސް ގެއްލުނު ޗައިނާގެ 7 މީހުން މިރޭ ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މި 7 މީހުން ގެއްލިގެން ފުލުހުންނަށް އެންގީ މިއަދު ހަވީރު 6:26 ގައެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ވަގުތުން ފެށި އެވެ.
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ފުލިދޫ ލޯންޗަކުންނެވެ. އަދި ކުޑައިރުކޮޅެއްގެ ތެރޭގައި އެ 7 މީހުން ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި ސަލާމަތްކުރެވުނު އިރު އެ 7 މީހުންގެ ހާލު ރަނގަޅެވެ. އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވެ އެވެ.
- ވ. ފުލިދޫ ކައިރީގައި އޮންނަ ބޯމަސް ކަނޑުގައި ޗައިނާގެ 7 މީހުން ގެއްލުނު
- ގެއްލުނު މީހުން ހޯދުމަށް އެންގީ މިރޭ 6:26 ގައި
- ފުލިދޫ ލޯންޗަކުން ހޯދުމުގެ މަސައްކަތް ކުރި
- ހުރިހާ މީހުން ސަލާމަތްކޮށް، އެންމެންގެ ހާލު ރަނގަޅު
- އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވޭ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް