މި ގޮތުން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ ތެރެއިން 15 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓާކުރުމަށް ވަނީ ހުޅުވާލާފަ އެވެ.
އެމްއެމްއޭ އިން ބުނީ މި ގަވާއިދުގެ ދަށުން ރިސޯޓުތަކަށް ދެ އޮޕްޝަނެއް ލިބިގެންދާ ކަމަށެވެ. އެއީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމުލަ އާމްދަނީގެ 20 ޕަސަންޓު ޑޮލަރު މާރުކުރުމެވެ. އަދި ގެސްޓް ހައުސްތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހެއްގެ އާމްދަނީގެ 20 ޕަސަންޓު ޑޮލަރު މާރުކުރަން ޖެހޭނެ އެވެ.
ވިޔަފާރިތައް ރަޖިސްޓަރީކުރުމަށް އެމްއެމްއޭގެ ވެބްސައިޓުގައި ވަކި ޕޯޓަލެއް ގާއިމުކޮށްފައިވާ އިރު، މި އަހަރުގެ ޖެނުއަރީ 1 ގެ ފަހުން ވިޔަފާރި ފަށާ ފަރާތްތަކުން ރަޖިސްޓްރީވާން ޖެހެނީ އެ ވިޔަފާރިއެއް ފަށާތާ 30 ދުވަހުގެ ތެރޭގަ އެވެ. އަދި މިދިޔަ އަހަރު 15 މިލިއަން ޑޮލަރުގެ އާމްދަނީ ލިބުނު ވިޔަފާރިތަކުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ކުރިން ރަޖިސްޓާވާން ޖެހޭނެ އެވެ.
- 15 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭ ވިޔަފާރިތައް ރަޖިސްޓާކުރަން ޖެހޭ
- ރިސޯޓުތަކުން ޓޫރިސްޓަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސަންޓު މާރުކުރަން ޖެހޭ
- ގެސްޓް ހައުސްތަކުން ޓޫރިސްޓަކަށް 25 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސަންޓު މާރުކުރަން ޖެހޭ
- އާ ވިޔަފާރިތަކުން 30 ދުވަހުގެ ތެރޭގައި ރަޖިސްޓާކުރަން ޖެހޭ