ރިއާލް ފައިނަލަށް ދިޔައީ ރޭ މަޔޯކާ އާއި ދެކޮޅަށް ކުޅެ މޮޅުވެގެންނެވެ. ރޭގެ މެޗުން ރިއަލް މެޑްރިޑް މޮޅުވީ ތިން ލަނޑު ސުން ލަނޑުންނެވެ. ސައުދި އަރަބިއްޔާގެ ޖިއްދާގެ ކިންގް އަބްދުالله ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރިއާލުން ތިން ލަނޑުވެސް ޖެހީ ފަހު ހާފުގައެވެ.
ރެއާލް މެޑްރިޑް އިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 63 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖޫޑް ބެލިންހަމް އެވެ. މެޗުގެ އިތުރު ވަގުތުގައި މަޔޯކާގެ ވަލްޖެންޓް އަތުން ބައިކޮޅަށް ލަނޑެއް ވަދެފައިވަނިކޮށް އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގައި ރޮޑްރިގޯ ވަނީ ލަނޑެއް ޖަހާފައެވެ.
ފައިނަލުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ނިކުންނާނީ ވާދަވެރި ބާސެލޯނާ އެވެ. ބާސެލޯނާ އިން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ 2-0 ގެ ނަތީޖާއަކުން އެތްލެޓިކް ކްލަބް ބަލިކުރުމަށްފަހުގަ އެވެ.