ކުރިއަށް އޮތް މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، އެންމެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލައްވާފައިވަނީ ވަހީދެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން، އިންތިހާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލާފައިވާތީ، ވަހީދު ވަނީ އިންތިހާބުވެފައި ކަމަށެވެ.
މިހާރު ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ވަހީދަކީ، ކުރިން ހދ. ހިރިމަރަދޫ ކައުންސިލްގެ ރައީސްކަން ހަތަރު ދައުރު ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާއަކީ ވައިކަރަދޫ ދާއިރާގެ ޕީއެންސީގެ ރައީސްވެސް މެއެވެ.