ށ. އަތޮޅުގެ ގުރޫޕް އޭ ގައި ކަނޑިތީމު ވަނީ ރޭ 1-0 އިން ފޭދޫ ބަލިކޮށްފަ އެވެ. މި ގުރޫޕުން މިލަންދޫ ވަނީ 3-0 އިން މަރޮށި ބަލިކޮށްފަ އެވެ. ދެ ޓީމު ވެސް ވަނީ ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބު ކޮށްފަ އެވެ.
ގުރޫޕް ބީ އިން ސެމީގެ ޖާގަ ޔަގީން ކުރީ ބިލެއްފައްސެވެ. އެ ޓީމުން ވަނީ ރޭ 3-2 އިން ނަރުދޫ ބަލިކޮށްފަ އެވެ. ގޮއިދޫ ވަނީ ރޭ 2-1 އިން ޅައިމަގު ބަލިކޮށްފަ އެވެ.