ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ރ. އަތޮޅުގެ ފުރަތަމަ މެޗު ހާއްޕެގެ އިނގުރައިދޫ އިން ފަސޭހަކަމާ އެކު މޮޅުވީ މީދޫ އަތުންނެވެ. މި މެޗުން އިނގުރައިދޫ ފަސް ލަނޑު ސުން ލަނޑުން މޮޅުވިއިރު، ދެ ލަނޑު ޖެހީ ހާއްޕެއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ، އަދި ގައުމީ ފުޓްސަލް ޓީމުގެވެސް މުހިއްމު ކުޅުންތެރިޔާ ހާއްޕެއެވެ.
ރ. އަތޮޅުގެ ޗެމްޕިއަންކަން 2023 ވަނަ އަހަރު ހޯދި އިނގުރައިދޫ އިން މިދިޔަ އަހަރުގެ ގޯލްޑެން ފުޓްސަލް މުބާރާތް ކުޅުނީ ކެޕްޓަން އަލީ ހާފިޒު (ހާއްޕެ) ނުލަ އެވެ. އަނިޔާގެ ސަބަބުން ހާއްޕެ އަށް މިދިޔަ އަހަރުގެ މުބާރާތް ނުކުޅެއެވެ.