ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ އައްޑޫ ސިޓީ ހުޅުދޫ، ބޮކަރުމާގެ، އުމުރުން 59 އަހަރުގެ އަބްދުﷲ ޒަކީއެވެ. މީނާ މަރުވެފައި އޮއްވާ ފެނުނީ ހެންވޭރުގައި ހުރި ގެސްޓްހައުސްއެއްގެ ކޮޓަރީގެ ފާހާނާ ތެރޭ ވެއްޓިފައި އޮއްވައި ކަމަށެވެ.
މި މިހާވެއްޓިފައި އޮއްވާ ފެނިގެން އެކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 14:04 ހާއިރު ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެއެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.