އެއީ އެކަމަނާ އަމިއްލަފުޅަށް ބޮޑުކުރެއްވި ރުކަކާއި އަލަށް ހުޅުވުނު ބްރިޓިޝް ހައިކޮމިޝަނެވެ.
ސަފީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، 2021 ވަނަ އަހަރު އެކަމަނާއަށް ލިބިވަޑައިގެންނެވި ކާއްޓެއް އަމިއްލަ ގޭގެ ޓެރަހުގައި އިންދަވައި ބޮޑުކުރެއްވިއެވެ. މިހާރު "ޝައި" ގެ ނަމުން ނަންދެއްވާފައިވާ އެ ރުއް ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިންދަވައިފިއެވެ.
ދެހާސް ނަވާރަ ވަނަ އަހަރުގެ އޮކްޓޯބަރު 30 ގައި ރާއްޖޭގައި ހުންނަ އިނގިރޭސި ސަފީރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ކެރޮން ރޮސްލާއަކީ ރާއްޖޭގައި އިނގިރޭސި ވިލާތުގެ އެމްބަސީއެއް އަލަށް ހުޅުއްވައި، ސަފީރަކަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާއެވެ.