ads
ހަސަން ލަތީފް: ފޮޓޯ އަވަސް
ހަސަން ލަތީފުވެސް އެމްޑީޕީއަށް އަލުން ސޮއިކޮށްފި
ދަ ޑިމޮކްރެޓްސްގެ ރައީސްކަމުގައި ހުންނެވި ހަސަން ލަތީފާއި އެ ޕާޓީން ވަކިވެ މިއަދު އެނބުރި އެމްޑީޕީއަށް އަލުން ސޮއިކުރައްވައިފިއެވެ.
Advertisement

އެމްޑީޕީ ތެރޭގައި ހިޔާލު ތަފާތުވުން ބޮޑުވެ އެޕާޓީން އިސްސަފުގައި ތިބި ގިނަ އަދަދެއްގެ ބަޔަކު ވަނީ އެޕާޓީން ވަކިވެ ދަ ޑިމޮކްރެޓްސް އުފެއްދީ މިދިޔަ ރިޔާސީ އިންތިހާބާއި ދިމާކޮށެވެ. އެ ޕާޓީން ވަނީ މިދިޔަ އަހަރުގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބުގައި ވާދަކޮށްފަ އެވެ.

ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ލަތީފާ ޑިމޮކްރެޓްސްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒް މިއަދު އަލުން އެމްޑީޕީއަށް ސޮއިކުރިކަން އެމްޑީޕީން ވަނީ ޔަގީންކޮށްދީފައެވެ. 

މި ދެ ބޭފުޅުންގެ އިތުރުން މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމްވެސް އަލުންވަނީ އެމްޑީޕީގައި ސޮއިކުރައްވައިފައެވެ. އަދި ކުރީގެ ސަރުކާރުގައި ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އިބްރާހިމް ރަޝީދު (މާމިގިލި އިބޫ) އާއި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންމޭޓް ހުސައިން އަމްރުވެސް ވަނީ އެމްޑީޕީގައި ސޮއިކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް