
ރޭ އިރާކޮޅު އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް މަރުތޭލަކުން ހަމަލާދީ ޒަހަމްކޮށްލުމުން އެމީހާއަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ފުލުހުން ބުނީ މިމީހާއަށް ހަމަލާދީ ސައިކަލެއްގައި އައި ދެމީހަކު ކަމަށެވެ. މި މާރާމާރީގައި ޒަހަމްވި މީހާގެ ހަލާއި ގުޚޭ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ފުލުހުން މިއަދު ބުނީ އެ މާރާމާރީ ހުއްޓުވުމަށް މަސައްކަތް ކުރި ފުލުހަކަށްވެސް އަނިޔާވެފައިވާކަމަށެވެ. އެހެންނަމަވެސް އެ ފުލުސް މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއްވެސް ފުލުހުން ނުބުނެއެވެ.
މާރާމާރީ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ރޭގެ މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށްް ފުލުހުން ވަނީ ބުނެފައެވެ.
ފަހަކަށް އައިސް އަނެއްކާވެސް މިވަނީ މާލޭގައި މާރާމާރީތައް އިތުރުވެފައެވެ.