ފަރުވާދެމުން އަންނަނީ އުމުރުން 85 އަހަރުގެ ފިރިހެނަކަށްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މި މީހާ މައްކާގެ ނޫރު ހޮސްޕިޓަލްގެ އައިސީޔޫގައި ބާއްވައިގެން ފަރުވާދެމުން އަންނަނީ ނިއުމޯނިޔާޖެހިގެންކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ މި މީހާ އުމްރާއަށް ގެންދިޔަ ގްރޫޕުން އޭނާއަށް ވަރަށް ރަނގަޅުކަމަށާއި އާއިލާގެ މީހަކު ގާތުގައި މިވަގުތުގައި ނެތްކަމަށެވެ. އެހެންނަމަވެސް އޭނާގެ ދަރިޔަކު މާދަމާ މައްކާއަށް އެބަދާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މިއަހަރުގެ ޑިސެމްބަރުމަހު ރާއްޖެއިން އުމްރާއަށް 6000 ވުރެ ގިނަ މީހުން ދިޔަކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.