ޖުލައި މަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައެއި ދުއްވާފައި އައި ރޭސް ކާރެއް ކޮންޓްރޯލް ނުވެގެން މަގުމަތީގައި ސައިކަލެެއްގައި މަޑުކޮށްލައިގެން އިން މީހެއް ގައިގައި ޖެހިއެވެ. އެ އެކްސިޑޭންޓް ހިނގުމާއެކު އެ ކާރުގައި ތިބި ތިން މީހުން ކާރުވެސް ދޫކޮށްލާފައި ފިލިއެވެ.
މި މައްސަލާގައި ކާރު ދުއްވަން އިން އިކްރާމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަ ދައުވާއަށް އުފުލިއެވެ. އޭނާވަނީ އެ ދައުވާތަކަށް އެއްބަސްވެ ދައުލަތާ އެކު އިއުތިރާފު އެއްބަސްވުމެއް ހަދާފައެވެ.
ދައުލަތާއި އެކު އިކްރާމް ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމުގައި ވާ ގޮތް
- އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ - ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކޮށް 44،800 ރުފިޔާގެ ޖޫރިމަނާއެއް 8 މަސްދުވަހުގެ ތެރޭގައި ދެއްކުން.
- މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ކުށުގެ ދައުވާ - 3 މަސްދުވަހުގެ ޖަލު ބަންދުގެ އަދަބަކާއި 19،200 ރުފިޔާގެ ޖޫރިމަނާއެއް 8 މަސްދުވަހުގެ ތެރޭގައި ދެއްކުން.
- މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދެ ދައުވާއެއް - ބޭސްފަރުވާގެ ހަރަދަށް ގާތްގަނޑަކަށް 24،000 ރުފިޔާ ދިނުމާއި އަދި ސައިކަލަށް ލިބުނު ގެއްލުންތަކަށް 95،000 ރުފިޔާ ދައްކާފައިވާތީ މި ދެ ދައުވާ އަނބުރާ ގެންދިއުން
- އެކްސިޑެންޓްވުމުން އެ ކަމުގެ ރިޕޯޓް ނުކުރުމުގެ ކުށުގެ ދައުވާ - 5،400 ރުފިޔާގެ ޖޫރިމަނާއެއް 8 މަސްދުވަސް ތެރޭގައި ދެއްކުން
- އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ - 600 ރުފިޔާގެ ޖޫރިމަނާއެއް 8 މަސްދުވަސް ތެރޭގައި ދެއްކުން.
މި މައްސަލަ ނިންމާ ކްރިމިނަލްކޯޓުން ނިންމި ނިންމުމުގައިވަނީ އިކްރާމް 3 މަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. މީގެއިތުރުން ޢެނާ 70000 ރުފިޔާ އިން ޖޫރިމާނާކުރިމަށްވެސް ހުކުމްގައިވެއެވެ.
މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަ ދައްކަމުން ދައުލަތުގެ ވަކީލާއި އިކްރާމް ބުނީ އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހާއަށް އޭނާގެ ފަރާތުން މިހާތަނަށް ގާތްގަނޑަކަށް 118،000ރ. ދައްކައިފައިވާކަމަށެވެ.