 
                                                                                                
                    ފުލުހުން ބުނީ މިމކިހާ ވެއްޓިފައިވަނީ ހިޔާގެ ތިންވަނަ ޓަވަރުގެ ދެވަނަ ފަންގިފިލާއިންކަމަށެވެ. އަދި އެމީހާއަށް ފަރުވާދެމުން އަންނަނީ ވެއްޓުނު ހުޅުމާލެ ހޮސްޕިޓަލުގައި ކަމަށެވެ.
މިދިޔަ ޑިސެމްބަރުމަހުގެ 12 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭ ހިޔާ ފްލެޓްގެ ޓަވަރުގެ 13 ވަނަ ފަންގިފިލާއިން 16 އަހަރުގެ ކުޑަކުއްޖަކު ވަނީ ވެއްޓި މަރުވެފައެވެ. މި ކުއްޖާއަކީ ގްރޭޑް 10 އެއްގައި ކިޔަވަމުން އަންނަ ދަރިވަރަކެވެ. މި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ.
އަދި 2023 ވަނަ އަހަރު އޮކްޓޯބަރު މަހު ހިޔާގެ ހަވަނަ ޓަވަރުގެ 12 ވަނަ ފަންގިފިލާއިން 15 އަހަރުގެ ކުއްޖަކު ވެއްޓި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.