މާދަމާއިން ފެށިގެން އަނެއްކާވެސް ވިއްސާރަވާނެ، ދިގުދެމިގެން ހިގައިދާނެ
މުހައްމަދު އާދަމް އަހްމަދު
12 ޖެނުއަރީ 2025 - 14:16:16
މާދަމާއިން ފެށިގެން އަނެއްކާވެސް ވިއްސާރަވާނެކަމަށް ގައުމީ މޫސުމާއި ބެހޭ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ރާއްޖޭގެ ހުޅަނގު ބިތުގައި ސްރީލަންކާ ކައިރީގައި ސާކިއުލޭޝަންތަކެއް އުފެދިފައިވާކަމަށެވެ. މި ވިލާތަކުގެ އަސަރު ރާއްޖެއަށް މާދަމާއިން ފެށިގެން ކުރަމުން އަންނާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
އެހެންކަމުން މާދަމާއިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއި އެކު ބޯކޮށްވާރޭވެހޭނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ހޯމަ، އަންގާރަ ބުދަ، މި ތިން ދުވަހު ރާއްޖެ ސަރަޙައްދުގެ ވައި ބާރުވާނެކަމަށާއި ކަނޑުތައްވެސް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
މާދަމާއިން ފެށިގެން ރާއްޖޭގެ މޫސުމް ގޯސްވުމަށްފަހު ވިއްސާރަ އަލިކުރާނެކަމަށް ބެލެވެނީ އަންނަ ހޮނިހިރު ދުވަހުކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް