
އެ މިނިސްޓްރީން ބުނީ މީރާ އިން އެކުލަވާލާފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 101 މިލިއަން ނުވަ ލައްކަ ތިރީސްނުވަހާސް ހަތްދިހަ ރުފިޔާ ފަނަރަ ލާރި ވަނީ ލިބިފައިވާކަމަށެެވެ.
މިނިސްޓްރީން ބުނީ މީ ރާއްޖޭގެ ތާރީހުގައި ވެސް އެއް އަހަރެއްގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބުނު ފަހަރުކަމަށެވެ. އަދި މީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހު އުފެއްދި ޒަކާތު ހައުސްގެ ފަރާތުން ދިވެހިން ޒަކާތާ ގުޅުންހުރި ކަންކަމަށް އަހުލުވެރިކޮށް، ހޭލުންތެރި ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ނަތީޖާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ، ޒަކާތުގެ ގޮތުގައި ލިބޭ ފައިސަ އަބަދު ވެސް ހަރަދުކުރަމުން ދަނީ ޝަރުއީ އުސޫލުތަކާއި މިންގަޑުތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އޭގެ ހައްގުވެރިންގެ މައްޗަށް ކަމަށެވެ.