ads
ރޯދަ މަހަށް ތައްޔާރުވުން
ރޯދަ މަހަށް ތައްޔާރުވުމަށް ގޭތެރެއިން އުކާލަންޖެހޭ ތިނެއްޗެއް
ރޯދަ މަސް އަންނަންވާއިރަށް އަޅުގަނޑުމެން ގިނަ ފަހަރަށް ކުރާ ކަމަކީ ގޭގައި ކުލަލުމާއި، އާ ފަރުނީޗަރު ވެއްދުމާއި، ބަދިގެއަށް ކާބޯތަކެތި ޖަމާކުރުމެވެ. ނަމަވެސް، ރޯދަ މަހުގެ ޙަޤީޤީ މަޤްޞަދަކީ "ތަޤްވާވެރިވުމެވެ". ރޫޙާނީ ގޮތުން ސާފު މާހައުލެއް ގޭތެރޭގައި ޤާއިމުކުރުމަށްޓަކައި، މި ބަރަކާތްތެރި މަސް ފެށުމުގެ ކުރިން ގޭތެރެއިން ނެރެ އުކާލަންޖެހޭ 3 އެއްޗެއް އެބައޮތެވެ.
Advertisement

1. ވަގުތު ކާލާ "ލަހްވު" (ބޭކާރު ކުޅިވަރާއި މިއުޒިކް އާލަތްތައް)

ރޯދަ މަހަކީ ޤުރުއާންގެ މައްސަރެވެ. ނަމަވެސް އަޅުގަނޑުމެންގެ ގޭގޭގައި ހުންނަ ބޮޑެތި ޓީވީތަކާއި، ގޭމިންގ ކޮންސޯލްތަކާއި، މިއުޒިކް އާލަތްތަކަކީ އަޅުކަމަށް އޮތް އެންމެ ބޮޑު ހުރަހެވެ.

މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާޢީލް މެންކް ވިދާޅުވެފައިވެފައިވަނީ، "ޝައިޠާނާ ކަސްތޮޅު އެޅުވުނަސް، އޭނާ ވަނީ ރޯދައިގެ ކުރިން ކަލޭގެ އަތަށް 'ގެޖެޓްތައް' ލައިދީފައެވެ. ރޯދަ މަހު ނެޓްފްލިކްސްއާއި ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރާނަމަ، ކަލޭ އެވަނީ ޝައިޠާނާ ނެތިވެސް އަމިއްލަ ނަފްސު ޣާފިލުކަމުގެ ތެރެއަށް ވައްޓާލާފަ. ރޯދަ މަހަކީ ސްކްރީން ޑީޓޮކްސް ކުރަންވީ މަހެއް،" ކަމަށެވެ.

ގޭގައި މިއުޒިކް ޖެހުން ހުއްޓާލާށެވެ. ބޭކާރު ވަގުތު ދުއްވާ ގޭމުތަކާއި ފިލްމުތައް މި މަހަށްޓަކައި ދޫކޮށްލާށެވެ.

2. ރަހުމަތުގެ މަލާއިކަތުންނަށް ހުރަސްއެޅޭ ތަކެތި (ބުދާއި ތަސްވީރު)

ރޯދަ މަހު ގޭތެރެއަށް ރަހުމަތާއި ބަރަކާތް ވަންނަން އެދޭނަމަ، މަލާއިކަތުން ވަނުމަށް މަނާކުރާ ތަކެތި ގޭތެރެއިން ނެރެންޖެހެއެވެ. އޭގެ ތެރޭގައި ޖަނަވާރު ނުވަތަ އިންސާނުންގެ ބުދުތަކާއި، ފާރުގައި ހަރުކޮށްފައި ހުންނަ ފުރާނަ ހުރި ތަކެތީގެ ފޮޓޯތައް ހިމެނެއެވެ.

ކީރިތި ރަސޫލާ (ޞޢވ) ޙަދީޘް ކުރައްވާފައިވެއެވެ.
"ކުއްތާއެއް ނުވަތަ ތަސްވީރެއް (ފުރާނަ ހުރި އެއްޗެއްގެ ސޫރަ/ބުދު) ހުންނަ ގެއަކަށް މަލާއިކަތުން (ރަހުމަތުގެ މަލާއިކަތުން) ނުވަންނަހުށިއެވެ." (ބުޚާރީ އަދި މުސްލިމް)

ކުރަންވީ ކަމެއް: ގޭގެ ސިޓިންގ ރޫމް ޗެކްކޮށްލާށެވެ. ކަބަޑުތައް ސާފުކޮށް، މިފަދަ ތަކެތި ނަގާށެވެ.


3. އިސްރާފުގެ ގުދަން 

ހައިރާންވެދާނެއެވެ. ނަމަވެސް ބަދިގެއިން އުކާލަންވީ، ނުވަތަ މަދުކުރަންވީ "އިސްރާފު" އެވެ. ރޯދަ މަހަށް ތައްޔާރުވުމުގެ ނަމުގައި އަހަރެމެން ގޭތެރެ ފުރާލަނީ ކާބޯތަކެތިންނެވެ. މިއީ ރޯދައިގެ ރޫޙާ ޚިލާފު ކަމެކެވެ.

އެމެރިކާގެ މަޝްހޫރު ޢިލްމުވެރިޔާ ޝެއިޚް ޔާސިރް ޤާޟީ ވަނީ "ރޯދަ މަހަކީ 'ފާސްޓިންގ' (ހައިހޫނުކަމުގެ) މަހެއް. 'ފީސްޓިންގ' (ކައިބޮއި މަޖާކުރުމުގެ) މަހެއް ނޫނެވެ. އަހަރެމެންގެ އަންހެން ކަނބަލުން ދުވާލު ހަތަރުދަމު ބަދިގޭގައި ހޭދަކޮށް، ރޭގަނޑު ވަރުބަލިވެގެން ތަރާވީޙް ނުކުރެވޭ ހިސާބަށް ދިއުމަކީ ހިތާމަހުރި ކަމެއް.. ބަދިގެއިން އިސްރާފު ނެރެލާ. އާދައިގެ ކެއުމަކަށް ބަދަލުކޮށްލުން،" މުހުންމު ކަމަށެވެ. 

ފްރިޖާއި ކަބަޑުތައް ސާފުކޮށް، މުއްދަތު ހަމަވެފައިވާ ތަކެތި އުކާލާށެވެ. އަދި ބޭނުންވާ ވަރަށްވުރެ އިތުރަށް ހުރި ތަކެތި ސަދަގާތްކޮށް، ގޭތެރެއަށް ލުއިކަން ގެންނާށެވެ.

މި ރޯދަ މަހަކީ ތަފާތު މަހަކަށް ހަދަން ބޭނުންނަމަ، މިއަދުން ފެށިގެން މި ތިން ކަންތައް ގޭތެރެއިން ސާފުކޮށްލާށެވެ. އޭރުން ގޭތެރޭގައި އުފެދޭނީ އަޅުކަމުގެ މާހައުލެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް