ފެނަކަ ޑީއެމްޑީ ޒުހުރީ އިސްތިއުފާދީފި
މުހައްމަދު އާދަމް އަހްމަދު
12 ޖެނުއަރީ 2025 - 21:11:07
ފެނަަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން ޒުހުރީ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ އިސްތިއުފާދެއްވި ސަބަބެއް ސާފެއް ނުވެއެވެ. އެހެންނަމަވެސް ޒުހުރީ އިސްތިއުފާ ދެއްވުމުން ފެނަކަ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެކުންފުނީގެ ޑީއެމްޑީގެ މަގާމުގައި ހުންނަވާ ކުންފުންޏަށް ޒުހުރީ ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކޮށްފައެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދު މިދިޔަ މަހުގެ 23 ގައި އިސްތިއުފާ ދެއްވާފައެވެ. ހަމަ އެ ދުވަހު ސަރުކާރުން ވަނީ ފެނަކައިގެ އެމްޑީގެ މަގާމަށް މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު އައްޔަންކޮށްފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް