ކްރިސްޓިއާނޯ ރޮނާލްޑޯ އަންނަނީ އަލްނަސްރާއެކު ހަދާފައިވާ އެއްބަސްވުން އިތުރުކުރުމުގެ ފުރުސަތު އިވެލުއޭޓް ކުރަމުންނެވެ. ނަމަވެސް ކަނޑައެޅިގެން ނިންމުމެއް ނިންމުމުގެ ކުރިން އޭނާ ވަނީ ކުރިއަށް އޮތް ސީޒަނަށް ކުރާ އުންމީދުތައް ބޮޑުކަން ސާފުކޮށްދީފަ އެވެ.
ޕޯޗުގަލްގެ ސުޕަސްޓާ ވަނީ މިހާރު އެ ސަރަހައްދުގައި ފުޓްބޯޅަ ޑޮމިނޭޓްކުރާ އަލް އިއްތިހާދާއި އަލް ހިލާލް ފަދަ ލޯކަލް ޖަޔަންޓްސްތަކާ އެއްވަރަކަށް ވާދަކުރުމަށްޓަކައި ސައުދީ ކްލަބުގެ ސްކޮޑް ވަރަށް ބޮޑަށް ވަރުގަދަ ކުރުމަށް އެދޭކަން ފާޅުކޮށްފަ އެވެ.
އަލް ނަސްރު އައިފަހުން މުހިއްމު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެމުން އަންނަ ރޮނާލްޑޯއަށް ވިސްނޭ ގޮތުގައި ސައުދީ ޕްރޮފެޝަނަލް ލީގުގައި ވާދަވެރިކަން ވަރުގަދަ ކަމަށާއި، ޗެމްޕިއަންކަން ހޯދުމުގެ އަމާޒު ހާސިލް ކުރުމަށްޓަކައި ޓީމުގެ ރޮސްޓާގައި އިތުރު ފެންވަރެއް ބޭނުންވެއެވެ.
ފޯވާޑް ވަނީ އެންމެ މަތީ ފަންތީގެ ކުޅުންތެރިން ގެނައުމުގެ އެދުން ކްލަބުގެ މެނޭޖްމަންޓަށް ފޯރުކޮށްދީފައިވާއިރު، ފާހަގަކޮށްލެވޭ އެއް ނަމަކީ މެންޗެސްޓާ ޔުނައިޓެޑުގެ ކަސެމީރޯ އެވެ.
މަޝްވަރާތަކާ ގާތް މަސްދަރުތަކުން ބުނާ ގޮތުގައި ކްރިސްޓިއާނޯ ގަބޫލުކުރާ ގޮތުގައި ބްރެޒިލްގެ ކުޅުންތެރިޔާ މިޑްފީލްޑުގައި ހުރުމަކީ ގައުމީ އަދި ބައިނަލްއަގްވާމީ މުބާރާތްތަކުގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ ވަރުގަދަކަމާއި ތަޖުރިބާ ލިބިގެންދާނެ ކަމެކެވެ.
ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ގިނަ ބަޔަކު ބޭނުންވާ އެއް ކުޅުންތެރިޔާ ކަސެމީރޯ ގެނައުމަކީ އަލް ނަސްރަށް ބޮޑު އިންވެސްޓްމަންޓެއް ނަމަވެސް އޭނާ އައުމުން ޓީމުގެ ކުޅުމަށް ތަފާތު އަތުވެދާނެ ކަމަށް ރޮނާލްޑޯ ގަބޫލުކުރެ އެވެ. ރިކަވަރީ އާއި ޑިސްޓްރިބިއުޝަން އަދި ލީޑަޝިޕްގެ މޮޅު ހުނަރާއެކު ބްރެޒިލްގެ ކުޅުންތެރިޔާ ކްލަބުގެ ޕްރޮޖެކްޓްގައި ރޮނާލްޑޯ ފުރިހަމައަށް ކޮމްޕްލިމެންޓް ކުރާނެ އެވެ.