މީރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އަށް ޕަސަންޓު އިތުރުވެފައިވެ އެވެ. އެގޮތުން 2024 ވަނަ އަހަރު 70.4 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ލިބިފައިވާއިރު، 2023 ވަނަ އަހަރު ލިބިފައިވަނީ 65.1 މިލިއަން ޑޮލަރެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ފައިސާ ހޯދުމަށް 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ނަގަން ފެށި ގްރީން ޓެކްސްގެ ރޭޓު މިހާރު ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ހުންނަ ތަންތަނުން ކުރިން ނަގަމުންދިޔަ ތިން ޑޮލަރުގެ ބަދަލުގައި މިހާރު ނަގަނީ ހަ ޑޮލަރެވެ.
ރިޒޯޓުތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި ރިޒޯޓު ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކުގައި ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ދުވަހަކަށް ނަގަމުންދިޔަ ހަ ޑޮލަރުގެ ބަދަލުގައި މިހާރު ނަގަނީ 12 ޑޮލަރެވެ. ނަމަވެސް ދެ އަހަރު ނުފުރޭ ކުދިން މި ޓެކުހުން އިސްތިސްނާވާނެ އެވެ.
- 2024 ގައި ގްރީން ޓެކްސްގެ ގޮތުގައި 70.4 މިލިއަން ޑޮލަރު ލިބިފައިވޭ
- 2023 އާ އަޅާބަލާއިރު އާމްދަނީ 8 ޕަސަންޓު އިތުރުވެފައިވޭ
- ގްރީން ޓެކްސްގެ ރޭޓު މިހާރު ވަނީ ބޮޑުކޮށްފަ
- ގެސްޓްހައުސްތަކުން މިހާރު ނަގަނީ ދުވާލަކަށް 6 ޑޮލަރު
- ރިޒޯޓުތަކުން މިހާރު ނަގަނީ ދުވާލަކަށް 12 ޑޮލަރު