ads
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް
އުތުރާއި ދެކުނުގެ ޓޫރިޒަމް ކުރިއެރުވުމަށް ސަރުކާރުން އާ ފިޔަވަޅުތަކެއް
ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއެރުވުމަށް ސަރުކާރުން އާ ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.
Advertisement

މިގޮތުން އެ ސަރަހައްދުތަކުގައި ރިސޯޓު ތަރައްގީ ކުރާ ފަރާތްތަކަށް ޓެކްސްއާއި ބިމު ކުލީގެ ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ވިދާޅުވި ގޮތުގައި އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިންވެސްޓްމަންޓްގެ އަގު ހޯދުމަށް ގިނަ ދުވަސްތަކެއް ނެގުމެވެ. އެއީ އެ ސަރަހައްދުތަކަށް ޓޫރިސްޓުން ގެންދިއުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާ ގުޅިގެންނެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވި ގޮތުގައި ރިސޯޓެއް ތަރައްގީ ކުރުމަށް 45 މިލިއަން ޑޮލަރު ހޭދަކުރާއިރު، ޓޫރިސްޓުން ގިނައިން އަންނަ ސަރަހައްދުތަކުގައިވެސް އިންވެސްޓްމަންޓްގެ އަގު ހޯދުމަށް 7-8 އަހަރު ނަގައެވެ. ނަމަވެސް އުތުރާއި ދެކުނުގައި މި މުއްދަތު މާ ދިގުވެއެވެ.

މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ދެ ކަމެއް ކުރިއަށް ގެންދާނެއެވެ. އެއީ އެ ސަރަހައްދުތަކަށް ރަނގަޅު ވައިގެ ދަތުރުފަތުރުގެ ނިޒާމެއް ގާއިމު ކުރުމާއި، އިންވެސްޓަރުންނަށް ޓެކްސްއާއި ބިމު ކުލީގެ ލުއިތަކެއް ދިނުމެވެ. މިކަމާ ގުޅޭ ކަރުދާސްތައް ވަރަށް އަވަހަށް ކެބިނެޓަށް ހުށަހަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

  • އިންވެސްޓަރުންނަށް ޓެކްސްއާއި ބިމު ކުލީގެ ލުއިތަކެއް ދޭނެ
  • ރިސޯޓެއް ތަރައްގީ ކުރުމަށް 45 މިލިއަން ޑޮލަރު ހޭދަވޭ
  • އިންވެސްޓްމަންޓްގެ އަގު ހޯދުމަށް މަދުވެގެން 7-8 އަހަރު ނަގާ
  • އާ އުސޫލުތަކާ ގުޅޭ ކަރުދާސްތައް އަވަހަށް ކެބިނެޓަށް ހުށަހަޅާނެ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް