އަލް ޖަޒީރާއިން މިއަދު ބުނީ ނައިޖީރީއާ ރައީސް މުހައްމަދު ބުހައިރީގެ އެންމެ މަތީ އެހީތެރިޔާ އައްބާ ކިޔާރީ އަވަހާރަ ވެފައިވާ ކަމަށެވެ.
ބުހައިރީގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެފްރިކާގެ އެންމެ މީހުން ގިނަ ގައުމު ކަމަށްވާ ނައިޖީރިއާގެ ކަންތައް އެންމެ މަތިން ބަލަހައްޓަމުން ދިޔަ އައްބާ ކިޔާރީ ހުކުރު ދުވަހު އަވަހާރަ ވެފައިވާ ކަމަށެވެ. އަވަހާރަވި އިރު އައްބާ ކިޔާރީ ކޮވިޑް-19 ޖެހިގެން އެ ބައްޔަށް ފަރުވާ ހޯއްދަވަމުން ދިޔަ ކަމަށް ބުހައިރީގެ އޮފީހުން ވަނީ ބުނެފަ އެވެ.
ކިޔާރީ އަވަހާރަވި އިރު އޭނާއަށް ވަނީ 70 އަހަރު ފުރިފަ އެވެ. އަދި ކިޔާރީއަކީ ހުޅަނގު އެފްރިކާ ސަރަހައްދުގައި މި ބަލީގައި އަވަހާރަ ވެފައިވާ އެންމެ އިސް އޮފިޝަލު އެވެ. ނައިޖީރިއާގައި މި ވައިރަހަށް 493 މީހުން ޕޮޒިޓިވްވެފައި ވާއިރު 17 މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފަ އެވެ.