ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން 2،290 ވައްކަމުގެ މައްސަލަ ރިޕޯޓުކުރެވިފައިވެއެވެ. މީގެ އިތުރުން 2،025 އެކްސިޑެންޓުގެ މައްސަލަ ރިޕޯޓުކުރެވިފައިވެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި 414 ފޭރުމުގެ މައްސަލައާއި، 236 މަސްތުވާތަކެތީގެ މައްސަލަ އަދި 358 މާރާމާރީގެ މައްސަލަ ރިޕޯޓުކުރެވިފައިވެއެވެ. މި މައްސަލަތަކާ ގުޅިގެން 1،000 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު އިރު، އޭގެ ތެރެއިން 805 މީހުން ވަނީ ހައްޔަރުކުރެވިފައެވެ.
ފުލުހުން ބުނާގޮތުގައި މި މައްސަލަތަކާ ގުޅިގެން ޖުމުލަ 19.2 މިލިއަން ރުފިޔާގެ އަގުހުރި ތަކެތި ރިކަވަރކުރެވިފައިވެއެވެ. މީގެ ތެރޭގައި 253 މޮޓޯ ސައިކަލާއި، 206 މޯބައިލް ފޯނާއި، އިލެކްޓްރޯނިކް އާލާތްތަކާއި އަދި 3.5 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ހިމެނެއެވެ.