ads
އައްޑޫ ސިޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ފެނަކައިގައި
އައްޑޫގެ ކަރަންޓު މައްސަލަ: މަޖިލިސް މެންބަރުން ފެނަކައާ ބައްދަލުކޮށްފި
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކުރުމަށް މަޝްވަރާކުރުމަށް، އެ ސިޓީ ތަމްސީލުކުރާ މަޖިލިސް މެންބަރުން މިއަދު ފެނަކައިގެ އިސްވެރިންނާ ބައްދަލުކޮށްފި އެވެ.
Advertisement

ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގާއި، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރާއި އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނެވެ.

ފެނަކައިން ބުނި ގޮތުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ މައްސަލަ ދިމާވެފައި ވަނީ ސީޕީއެސް ޖެންސެޓްތަކަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލަ ހައްލުކުރުމަށް ބޭނުންވާ ސްޕެއަރ ޕާޓްސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިއަދު އެއް ޖެންސެޓަށް ބޭނުންވާ ސްޕެއާ ޕާޓްސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މައްސަލަ އެއްކޮށް ހައްލުވަންދެން ކަރަންޓު ލޯޑު ހިފެހެއްޓުމަށްޓަކައި އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުންދާނެ ކަމަށް ފެނަކައިން ބުންޏެވެ. މިކަމާ ގުޅިގެން ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް